ދިވެހި އަންހެން ގައުމީ ވޮލީ ޓީމާ މެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ކާވާ ވިމެންސް ވޮލީ ބޯލް ޗެލެންޖު 2024" ފައިނަލް މެޗު ރޭ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސޯޝަލް ސެންޓަރުގައި ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމާއި ކިރިގިސްތާންގެ ޓީމެވެ. އެ މެޗް ދެ ސެޓު ތިންސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކިރިގިސްތާންގެ ޓީމެވެ.

ދިވެހި ގައުމީ ވޮލީޓީމް ކާވާ އަންހެން ވޮޅީ ބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅުނު މިއީ ދެވަނަ ފަހަރެވެ.

ފައިނަލްގައި ބަލިވި ނަމަވެސް ރާއްޖޭގެ ޓީމުން ދެއްކި ހިތްވަރަށް ދަނީ ތައުރީފް އޮހެމުން ނެވެ. އެކަން ރައީސް މުއިއްޒުވެސް ފާހަގަ ކުރެއްވި އެވެ.

"ދިވެހި ގައުމީ ޓީމުގެ ހިތްވަރާއި އަޒުމާއިމެދު ފަހުރުވެރިވެ ސާބަސް ދެމެވެ. އިތުރު ކާމިޔާބީއާއި ކުރިއެރުމަށް އެދެމެވެ." ރައީސް އެކްސްގައި ވިދާޅުވި އެވެ.

ރައީސްއާ އެއް މޭރުމުން ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފްވެސް ވަނީ ތައުރީފް ކުރައްވައިފަ އެވެ.

"ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގައި ދިވެހި ޤައުމީ އަންހެން ވޮލީބޯޅަ ޓީމުން ދެއްކި ހިތްވަރާ މޮޅުކުޅުމަށް ސާބަސް ރައްދުކުރަން. ތިޔަ ކުޅުންތެރިންގެ ހުނަރާއި ވާދަވެރިކަމުގެ ރޫޙާމެދު ފަޚުރުވެރިވަން. އެންމެ ބޭނުންވި ނަތީޖާ ނުލިބުނު ނަމަވެސް މިރޭ ތިޔައީ ދިވެހިންގެ ޗެމްޕިއަނުން!" ނާއިބު ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން