ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ފަައިސާ ދެއްވާ ކަމަށް ރާއްޖޭގެ އޮންލައިން ނޫސް "އަދަދު" އިން ފެތުރި ހަބަރަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އަޑީގައި ހުންނަވައިގެން ކުރުވަމުން ގެންދާ ކަމެއް ކަަމަށް ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައީސް ފައިސާ ބައްސަވާކަމަށް ބުނާ ވާހަކަތައް އިއްޔެ ސަރުކާރުން ދޮގުކޮށް ވަނީ އެ ވާހަކަތައް ފެތުރި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއަޅާނެ ކަމަށް ބުނެފަ އެވެ.
ރޭ ރާއްޖޭގެ މީޑިއާއަކަށް ފަލާހު ދެއްވި އިންޓަވިއުއެއްގައި ވަނީ ފައިސާ ބަހާކަމަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އިތުރު ވާހަކަތަކެއް ދައްކަވައިފަ އެވެ.
ފަލާހު ވިދާޅުވީ ރައީސް މުއިއްޒުއަކީ އެފަދަ ނޭއްގާނީ ކަންކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަކީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާ ހިލާފަށް ކޮރަޕްޝަނާ ވަރަށް ދުރު ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ހަގީގަތުގައި މީގެ އަޑީގައި ހުންނާނީ ޔާމީން. ޔާމީން މި އަދަދު ނޫހަށް ފައިސާ ދީގެން މި ހުރިހާ ސަކަރާތެއް މި ޖަހަނީ. ޔާމީންއަކަށް ނުދެއްކޭނެ ފައިސާ ނޫން ވާހަަކައެއް. ފައިސާ މިއީ ދުލުން ބޭރުވާ ހުރިހާ އެއްޗަކީވެސް. އެހެންވީމާ ޔާމީންއަށް ވެސް ހީވާނީ އަދަދު ނޫހުން ފިޔާޒަށް ވެސް ހީވާނީ އަޅުގަނޑުމެން މިތާ މާރުކޭޓުގައި ކޮތަޅެއް ގެންގުޅުނަސް މަހެއް ގަތަސް ފައިސާ ބަހަނިއްޔޭ." ފަލާހު ވިދާޅުވި އެވެ.
އަދަދު ނޫހުން އިއްޔެ ރިޕޯޓްކުރި ގޮތުގައި ކޮންމެ މަހަކު ޕީއެންސީގެ މެމްބަރުންނަށް ދެއްވަމުން އަންނަ ބައިލައްކަ ރުފިޔާއަށް މި މަހު 25،000ރ. އިތުރު ކުރުމަށްފަހު ކޮންމެ މެންބަރަކަށް 75،000ރ. ދޫކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު