އޯލެވެލް އާއި އޭލެވެލްއިން އިން ދަރިވަރުން ފާސްކުރަން ބޭނުންނަމަ ޕްރައިމަރީ ގްރޭޑްތަކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ތައުލީމާ ބެހޭ ވަޒީރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ އޭލެވެލް އިން ގިނަ ކުދިން ފާސްކުރަން ބޭނުންވާ ނަމަ ނުވަތަ އޯލެވެލްއިން ގިނަ ކުދިން ފާސްކުރަން ބޭނުން ނަމަ ޕްރައިމަރީގެ ގްރޭޑްތަކުން ދަރިވަރުންގެ މަސައްކަތް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ތަރައްޤީ ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށާއި އެ އަމާޒަށް ވާސިލްވުމަށްޓަކައި ސަރުކާރުގެ މަސައްކަތް އެގޮތަށް ބައްޓަން ކުރައްވާފާއިވާ ކަމަށެވެ.

ތައުލީމީ ނިޒާމަށް މި ސަރުކާރަށް ގެންނަން ބޭނުންވާ އިންގިލާބީ ބަދަލު ގެނައުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ވަޒީރު ޝަފީއު ވިދާޅުވީ ޕްރައިމަރީ ގްރޭޑްތަކުން ފާސްވާ ކުދިން އިތުރުކުރުމަކީ މި ޕްރޮޖެކްޓުގެ ދަށުން ކުރެވޭނެ މަސައްކަތެއް ކަން ފާހަގަ ކުރެއްވިއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޤައުމު ބިނާކުރުމާއި އާރާސްތު ކުރެވޭނީ ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށްގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މި އަމާޒަށް ވާސިލްވުމަށް ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީޕީއީ)ގެ ހިލޭ އެހީގެ ދަށުން ތަފާތު 3 ގްރާންޓެއް ހިމެނޭހެން 9.5 މިލިޔަން ޑޮލަރު ނުވަތަ 146.5 މިލިޔަން ރުފިޔާގެ އެހީ ތަޢުލީމީ ދާއިރާއަށް ހޭދަކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މި އެހީގެ ދަށުން ސްކޫލުތައް ޤާއިމުކުރުމާއި، ތަޢުލީމީ ދާއިރާ ހިންގުމުގެ ހުނަރުވެރިން އުފެއްދުމާއި، ތަޢުލީމީ ދާއިރާގެ ޕްލޭނިންގ އަދި ފައިނޭންސިންގ ހަރުދަނާކުރުމުގެ މަސައްކަތްތައްކޮށް، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުން ތަމްރީނުކޮށް މައިދާނަށް ނެރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

ވަޒީރު ވިދާޅުވީ މި އެހީގެ ދަށުން އައު އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ތަޢާރަފްކޮށް، ތަޢުލީމީ ދާއިރާގެ ޕޮލިސީތައް އެކަށައެޅުމުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން