މުދަލު ޒަކާތުގެ ގޮތުގައި މި އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބޮލަކަށް 4،000 ރުފިޔާ ބަހަން އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރުކަމަށެވެ. މިނިސްޓްރީން ބުނީ 2021 ވަނަ އަހަރުންފެށިގެން މިއަދާއި ހަމައަށް އޮތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކަށް ފައިސާ ޖަމާކުރަމުންދަނީ އެފަރާތްތަކުގެ އެކައުންޓުތަކަށެވެ.

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ބަހަމުންދަނީ މާލެ އާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށެވެ.

2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ.

މުދަލުގެ ޒަކާތުން ބޮލަކަށްޖެހޭ މިންވަރު އެހެން އަހަރުތަކަށް ވުރެ މި އަހަރު އިތުރުވެފައިވަނީ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު، ކުރިން އެ ލިސްޓުގައި ހިމެނުނު ގިނަ އަދަދެއްގެ ބަޔަކު އުނިވެ ފަޤީރުންގެ އަދަދު 3183 މީހުންނަށް މަދުވެފައި ވާތީއެވެ.

2024 ވަނަ އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް ދޫކޮށްފައިވަނީ 16,781610.99 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން