ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްތައް ދުނިޔޭގެ ލީޑިން ޓްރެވަލް އޭޖެންސީއެއް ކަމަށްވާ ޓްރިޕް ޑޮޓް ކޮމް ސައިޓުން މިހާރު ބުކްކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަނުން ބުނީ ޓްރިޕްއާއެކު ހެދި ޕާޓްނާޝިޕެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓްތައް ޓްރިޕްގެ ވެބްސައިޓާއި އެޕުން ބުކް ކުރެވޭނެ ކަމަށެވެ.

ޓްރިޕްއާއެކު ހެދި ޕާޓްނާޝިޕްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް ފަސޭހައިން ދަތުރުތައް ހަމެޖެއްސުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑުވިއަނުން އިތުރަށް ބުނީ ޓްރިޕްއާއެކު ހެދި ޕާޓްނާޝިޕާއެކު ރާއްޖެއާ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅާލެވުމަކީ ބޮޑު ފަހުރެއް ކަމަށެވެ.

އަދި އެއާއެކު ފަތުރުވެރިންނަށް ވެސް ލިބިގެން ދާނީ ކުރިން ނުލިބޭ ފަދަ ފުރުސަތުތަކެއްކަން ވެސް މޯލްޑިވިއަނުން ފާހަގަ ކުރެއެވެ.

މޯލްޑިވިއަންގެ ދަތުރުތައް އިންޑިއާ، ލަންކާ ފަދަ ގައުމުތަކަށް ކުރަމުން އަންނައިރު އެތެރޭގެ އުދުހުންތަކުގައި ވެސް އެ އެއާލައިންގެ ހިއްސާ ވަރަށް ބޮޑެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން