ރާއްޖެއަށް އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށާއި މިތަކެތި ހިފަހައްޓާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް އައި އެއަރކާގޯގެ ޝިޕްމެންޓަކާއި، ހަމަ އެ ދުވަހު ރާއްޖެ އައި މެލޭޝިޔާގެ ފްލައިޓަކުން އައި މީހެއްގެ އަތުން ކަމަށެވެ.
އެއަރކާގޯ އިން ރާއްޖެ އައި ޝިޕްމަންޓުގައި 3010 ގްރާމުގެ ހެރޮއިން ހުރި ކަމަށް ކަސްޓަމުން ބުނެއެވެ.
މިމަހުގެ 16 ވަނަ މެލޭޝިޔާގެ ފްލައިޓުން އައީ ދިވެއްސެއް ކަމަށާއި އޭނާ ބަލައި ފާސްކުރުމުގެ ތެރެއިން އޭނާގެ އަތުން 48 ގްރާމުގެ ހެރޮއިންނާއި 315 ގްރާމުގެ މެތަމްފެޓަމިންގެ އިތުރުން 215 ގްރާމުގެ ސިންތެޓިކް ކެތިނޯން ފެނިފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.
ކަސްޓަމްސް އިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އެ އިދާރާއިން އަތުލައިގަތް މަސްތުވާތަކެއްޗާއި ހައްޔަރު ކުރި މީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު