އިންޑިއާއިން ލޯނުތައް ފަސްކޮށްދިނުމުން ޝުކުރުއަދާކުރި މީހުންނަކީ އިންޑިއާއާ ދެކޮޅުަށް އެންމެ ބޮޑަށް ނުކުތް މީހުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ސަޕޯޓަށް އިންޑިއާގެ އެސްބީއައި މެދުވެރިކޮށް ނަގާފައިވާ ޓްރެޝަރީ ބޮންޑަށް ރާއްޖެއިން ދައްކަން ޖެހޭ 150 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ދައްކަން ޖެހޭ ތިން ވަނަ އިންސްޓޯލްމަންޓްގައި ހިމެނޭ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އިތުރު އެއް އަަހަރަށް ފަސްކޮށްދޭން ނިންމިކަން އިއްޔެ ވަނީ ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން އަމީރު އެކްސްގައި އިންޑިއާއަށް ޝުކުރު އަދާކުރައްވައި ވިދާޅުވީ ގައުމު ހިންގަވަން ތިއްބެވި ލީޑަރުންގެ ބަދަލުގައި އިންޑިއާއިން އިސްކުރީ ދިވެހި ރައްޔިތުން ކަމަށެވެ.

އަދި ލޯނު ދެއްކުން ފަސްކުރުމުން އެކަމަށް ޝުކުރު އަދާ ކުރި ސަރުކާރުގެ ބޭފުޅުންނަކީ ސިޔާސީ ބޭނުމަށް އިންޑިއާއާ ދެކޮޅަށް އެންމެ ބޮޑަށް ނަފުތަރު އުފެއްދި ބޭފުޅުން ކަމަށް އަމީރު ވިދާޅުވިއެވެ.

އެހެން ނަމަވެސް އިންޑިއާގެ ރައްޔިތުން މި ސަރުކާރާމެދު ބެހެއްޓީ ވަރަށް ދީލަތިވަންތަ ހިތްހެޔޮ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ އިންޑިއާއިން ލޯނުތައް ދެއްކުން ފަސްކޮށްދޭން ނިންމި ނިންމުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ނިޝާނެއް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން