މަރްޔަމް ނަހްދާ ވަޙީދު   20 ސެޕްޓެމްބަރު 2024 - 16:58
އދ. ފެންފުށީގައި ހިންގި ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން- ފޮޓޯ: އެކްސް
އދ. ފެންފުށީގައި ހިންގި ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން- ފޮޓޯ: އެކްސް
ސްޓެލްކޯއިން ފަށާފައިވާ ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މިއަދު އެ ކުންފުނިން އދ. ފެންފުށީގައި އިތުރު 500 ގަސް އިންދައިފިއެވެ.

އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީވަނީ މިއަދު ހެނދުނު ހިންގި މި މަޝްރޫއަށް އެރަށު ކައުންސިލާއި ރަށު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާ ކުރައްވާފައެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވާފައިވާ "5 އަހަރުން 5 މިލިއަން ގަސް" ޕްރޮގްރާމުގައި ބައިވެރި ވުމުގެ ގޮތުން ސްޓެލްކޯއިން ހިންގަމުންދާ ހަރަކާތަކަށްވީއިރު، މި ހަރަކާތް މާލޭގެ އިތުރުން މުޅި ރާއްޖޭގައިވެސް ކުރިއަށް ގެންދާނެއެވެ.

އެގޮތުން ސްޓެލްކޯއިން މި ހަރަކާތް ފަށާފައިވަނީ ކ. ތުލުސްދޫއިންނެވެ. އަދި މި ހަރަކާތުގެ ތެރެއިން މިހާތަނަށް 30،000 އަށްވުރެ ގިނަ ގަސް ސްޓެކްލޯއިން ވަނީ އިންދާފައެވެ.

އަދި މި ޕްރޮގްރާމުގެ ދަށުން 5 ލައްކަ ގަސް އިންދުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ކޮންމެ މަހަކުވެސް ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކު ކޮންވެންޝަން އޮފް ކްލައިމެޓު ޗޭންޖު (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓުގައި ގައުމީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން