މިހާތަނަށް ފަތުރުވެރިންނަށް ޚިދުމަތްދިނުމުގެ ހުއްދަ 78 ސަފާރީއަކަށް ލިބިފައިވާކަމަށް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.
ބޯޓިން އެސޯސިއޭޝަނުން ބުނީ ކޯވިޑް-19 އަށްފަހު ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 78 ސަފާރީއަކަށް ޚިދުމަތްދިނުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވާކަމަށެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިން އަންނަން ފަށާފައިވާއިރު ފަތުރުވެރިންނަށް ޚިދުމަތްދިނުމުގެ ހުއްދަ ދެނީ ގައިޑްލައިންތަކަށް ފެތޭ ސަފާރީތަކަށެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރިސޯޓްތަކާއިއެކު ސަފާރީތައްވެސް ހުޅުވާލުމަށް ވަނީ ހުއްދަދީފައެވެ. ސަފާރީތަކުން ހުއްދައަށް އެދޭއިރު ޓޫރިޒަމް މިނިސްޓްރީއަށް ޑެކްލަރޭޝަން ފޯމާއި، އޮޕަރޭޓިންގ ލައިސަންސްއާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމާއި، އެ ސަފާރީއަކުން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭނެއް ހުށައަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަދެނީ މިހުރިހާ ކަންކަމަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.
ބޯޓިންގ އެސޯސިއޭޝަނުން ސަފާރީތަކަށް އަންގާފައިވަނީ ޚިދުމަތްދޭން ތާވަލްކުރާ ތާރީހުގެ ކުރިން ހުއްދަ ހޯދުމަށް އެދި ހުށައެޅުމަށެވެ. ސަބަބަކީ ހުއްދަ ހޯދުމުގެ މަރުހަލާގައި ގިނަ ވަގުތު ހޭދަވާތީއެވެ.
ރާއްޖޭގައި 100 އަށްވުރެ ގިނަ ސަފާރީ އަންނަނީ އޮޕަރޭޓްކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ނުލިބެނީސް އެއްވެސް ސަފާރީއަކުން ފަތުރުވެރިންނަށް ޚިދުމަތްދީގެން ނުވާނެކަމަށާއި ސަފާރީ ބޯޓުތަކުގެ ކުރޫންނާއި ފަތުރުވެރިން މީހުންއުޅޭ ރަށްރަށަށް ނޭރުމަށްވެސް ބޯޓިން އެސޯސިއޭޝަނުން ސަފާރީތަކަށް ވަނީ އަންގާފައެވެ.

78 Tourist Vessels has been permitted to restart operations by @MoTmv (as on 20th August 2020) pic.twitter.com/kl5b67LBhE
— National Boating Association of Maldives (@boating_mv) August 20, 2020
ބޯޓިންގ އެސޯސިއޭޝަނުން ސަފާރީތަކަށް އަންގާފައިވަނީ ޚިދުމަތްދޭން ތާވަލްކުރާ ތާރީހުގެ ކުރިން ހުއްދަ ހޯދުމަށް އެދި ހުށައެޅުމަށެވެ. ސަބަބަކީ ހުއްދަ ހޯދުމުގެ މަރުހަލާގައި ގިނަ ވަގުތު ހޭދަވާތީއެވެ.
ރާއްޖޭގައި 100 އަށްވުރެ ގިނަ ސަފާރީ އަންނަނީ އޮޕަރޭޓްކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ނުލިބެނީސް އެއްވެސް ސަފާރީއަކުން ފަތުރުވެރިންނަށް ޚިދުމަތްދީގެން ނުވާނެކަމަށާއި ސަފާރީ ބޯޓުތަކުގެ ކުރޫންނާއި ފަތުރުވެރިން މީހުންއުޅޭ ރަށްރަށަށް ނޭރުމަށްވެސް ބޯޓިން އެސޯސިއޭޝަނުން ސަފާރީތަކަށް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު