އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކުހުން ދައުލަތަށް މިއަހަރުގެ އޮގަސްޓްމަހުގެ 1.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް 747 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 763 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
މިއީ 2023 ވަނަ އަހަރު މި މުއްދަތުގައި ލިބުނު ޢާމްދަނީއަށްވުރެ 143 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި އަހަރަށް ލަފާކޮށްފައިވާ ދަޢުލަތުގެ ބަޖެޓްގައި ޑިޕާޗާ ޓެކުހުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
އޭޑީއެފް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. އަދި ޑިޕާޗާ ޓެކުހަކީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނެގޭ ޓެކުހެކެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު 15 ގެ ނިޔަލަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު