ދެ ކިލޯއަށްވުރެ ގިނަ ޑްރަގްސް އެތެރެކުރި ޕާކިސްތާނުގެ މީހާގެ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ މޮލްވި މުހައްމަދު ހާރޫންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުުރުގައިވާ ގޮތުން އޭނާ ރާއްއްޖެ އައިއިރު ދެ ކިލޯއަށް ވުރެ ގިނަ ހެރޮއިން ކަމަށް ބެލެވޭ މަސްތުވާތަކެތި ފެނިފައި ވެއެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްސަލަ ޕީޖީއަށް ހުށަހަޅާފައިވާ އިރު އަންނަ ހަފްތާގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި އެ މައްސަލައިގައި ދައުވާކޮށްފިނަމަ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ވެސް ފުލުހުން އެދިފައި ވެއެވެ.

އެ މައްސަލައިގައި މި ފަހަރު އޭނާގެ މައްޗަށް ބަންދުގެ މުއްދަތު ޖެހީ 20 ދުވަހު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން