ރާއްޖޭގެ މޫސުން ރަނގަޅު ނޫން ކަމަށް ލަފާކުރެވޭތީ ހުދު ސަމާލު ނެރެފި އެވެ.
ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގެ މޫސުން ރަނގަޅު ކަމަށް ލަފާނުކުރެވޭތީ ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު ހުދު ސަމާލުގައި މޫސުން ގޯސްވެ، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ކަނޑުތައް ގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައި ވެއެވެ. މެޓުން ވަނީ މިރޭ 7:00 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.
މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަަމަށެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި މެދު ރާއްޖެތެރެއާއި އުުތުރުގެ އަތޮޅުތަަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
މެޓުން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަަމަށާއި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތަކުންވެސް މޫސުމަށް ސަމާލުވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު