އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ، ދައުލަތުމްތަކުގެ ކުންފުނިތަކުގެ ގަވަރނަންސްއާ ގުޅޭ މިޝަނެއް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އެ މިޝަންގެ ޒިޔާރަތް ކުރިއަށްދާނީ އަންނަ އޮކްޓޫބަރު މަހުގެ 8 އިން 16 އަށް ކަމަށެވެ.

އަދި އެ މިޝަންގެ އެ ދަތުރުގައި ސަރުކާރުގެ އެސްއޯއީތަކާ ގުޅޭ އާ ގާނޫނެއް ފަރުމާކުރުމަށްޓަކައި، ކުންފުނިތަކުގެ ގަވަރނަންސް އާއި ޒިންމާދާރުކުރުމުގެ ނިޒާމާއި އެހެނިހެން ކަންތައްތައް ހަމަޖެހިފައިވާ ގޮތް މިޝަންގެ ބައިވެރިން ބައްލަވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިއަށްވުރެ އިތުރު ތަފްސީލެއް ފިނޭންސް މިނިސްޓްރީއަކުން ހާމަކޮށްފައެއް ނުވެއެެވެ.

ދައުލަތުގެ ބައެއް ކުންފުނިތައް ގެއްލުމުގައި ސަބްސިޑީ ދީގެން ހިންގަމުންދާ އިރު އައިއެމްއެފުން މީގެ ކުރިން ވަނީ ދިވެހި ސަރުކާރުގެ ކުންފުނިތައް ރިފޯމް ކުރުމަށް ވެސް ގޮވާލައިފަ އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން އައިއެމްއެމްއެފްގެ ޕެކޭޖަކަށް ދާން ޖެހިދާނެ ކަމުގެ އަޑުތަކެއް ފެތުރިފައިވީ ނަމަވެސް ސަރުކާރުން ދާދި ފަހުން ބުނެފައި ވަނީ އެފަދަ ހާލަތެއް އަދި ނެތް ކަަމަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން