މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

މިއަހަރުގެ ޖަނަވަރީ 1 އިން ސެޕްޓެމްބަރ 24 ގެ ނިޔަލަށް ރާއްޖެއަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުކަމަށްވާ 1.3 މިލިއަނާއި އަޅާބަލާއިރު 9.9 އިންސައްތަ އިތުރު ޢަދަދެކެވެ. 



މިހިނގާ ސެޕްޓެމްބަރ މަހުގެ 1 އިން 24 ގެ ނިޔަލަށް ރާއްޖެއަށް 104،275 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ މި މުއްދަތާއި އަޅާބަލާއިރު ތިނެއް އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 101،233 ފަތުރުވެރިންނެވެ.

ފަތުރުވެރިން އެންމެ ގިނައިން އައި ފަސް ޤައުމު:-

ޗައިނާ – 214،102 ފަތުރުވެރިން

ރަޝިއާ – 159،129 ފަތުރުވެރިން

އިނގިރޭސިވިލާތް – 124،662 ފަތުރުވެރިން


އިޓަލީވިލާތް – 105،839 ފަތުރުވެރިން


ޖަރުމަނުވިލާތް – 104،196 ފަތުރުވެރިން



ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް 1228 ތަނަކުން ދަނީ ޚިދުމަތް ދެމުންނެވެ. މި ތަންތަނާއިއެކު ބެޑް ކެޕޭސިޓީގެ ޢަދަދު ހުރީ 62،908 ގައެވެ.

ވުޒާރާގެ ތަފާތުހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. އަދި ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި 7.7 ދުވަސް ހޭދަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން