ވެލާނާ އިންޓަނޭޝަން އެއާޕޯޓްގެ އާ ޓާމިނަލް ޑިސެމްބަރު މަހު ނިންމަން އަމާޒު ހިފައިފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ޓޫރިޒަމް މިނިސްޓަރ ފައިސަލް ދެއްވި ހިތާބުގައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެއާޕޯޓްގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.
އެގޮތުން މިހާރު ހަދަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މުހިންމުކަން ފައިސަލް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިހާރު ހަދަމުންދާ ވީއާއިއޭގެ އާ ޓާމިނަލްގެ މަސައްކަތް ޑިސެމްބަރަށް ނިމޭނެ ކަމަށެވެ.
އަދި އެއާއެކު ޑިސެމްބަރުގައި އާ ޓާމިނަލް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ނަމަވެސް މުޅި ޓާމިނަލް އޮޕަޜޭޝަނަށް ގެނެވޭނީ އަންނަ އަހަރުގެ ފުރަތަމަ ނުވަތަ ދެވަނަ ކުއާޓާގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހަދާފައި ވަނީ އަހަރަކު 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. އެއީ ދުވާލަކު 8000 ފަސެންޖަރުންގެ ނިސްބަތުން ނެވެ.
އާ ޓާމިނަލްގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ވެސް ހިމެނޭ އިރު ސެލްފް ސާވިސް ޗެކިން ހިދުމަތް ވެސް ގާއިމު ކުރެވިފައި ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު