ފަތުރުވެރިކަމަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް ނުކުރަން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިލްތިމާސްކުރައްވައިފި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 53 އަހަރު ފުރުމާ ގުޅިގެން ފައިސަލް މިއަދު ދެއްވި ހިތާބުގައި ވަނީ އަޅުގަނޑުމެންގެ އަމަލުތަކާމެދު ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ.
އެގޮތުން ކުރެވޭ ކަމަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއްކުރާނެ އެއްވެސް ކަމެއް އެއްވެސް ދިވެހި ރައްޔިތަކު ނުކުރުމަށް ފައިސަލް އިލްތިމާސް ކުރެއްވި އެވެ.
އަދި ފަތުރުވެރިކަމަށް ދިވެހިން ބަހައްޓާ ޝައުގުވެރިކަން އިތުރަށް ބަހައްޓައިގެން ވީހާވެސް ބޮޑަށް މި ސިނާއަތުގައި ކުރިއަރައި ދިޔުމަކީ އެންމެ ދެކެން ބޭނުންވާ ދުވަސް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފަތުރުވެރިކަމަށް އަސަރުކުރާނެ އެއްވެސް ކަމެއް ނުކުރަން މިނިސްޓަރު އިލްތިމާސްކުރެއްވި އިރު މި އަހަރު ކުރީކޮޅު ސަރުކާރުުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރަށް ކުޑައިމީސްވާ ގޮތަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުތަކަކާ ގުޅިގެން ވަރަށް ބޮޑަށް މައްސަލަ ހޫނުވި އެވެ. އަދި އެކަމާ ގުޅިގެން އިންޑިއާގެ ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ރާއްޖެއާ ދެކޮޅަށް އެންޓި ކެމްޕޭން ކުރުމުން އިންޑިއާއިން ރާއްޖެ އަންނަ އިންޑިއާގެ ފަތުރުވެރިން ވަރަށް ބޮޑަށް މަދުވެ މިލިއަނުން ގެއްލުންވި އެވެ.
އެ މައްސަލައިގައި އިންޑިއާއާއި ރާއްޖެއާ ގުޅުން ވަރަށް ބޮޑަށް ގޯސްވެ އެ ތިން ބޭފުޅުން މަގާމުން ވަކިކުރަން ވެސް އިންޑިއާއިން ޕްރެޝަރުކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު