މިރޭ ރާއްޖޭގެ މޫސުން ރަނގަޅެއް ނޫން ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ.

މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓުން ބުނެފައި ވަނީ އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމަަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އިން ލަފާ ކޮށްފައި ވެއެވެ.

މެޓް އިން ވަނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދެވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން