ގިނަ އަދަދެއްގެ އިލެކްޓޯރިނިކް ސާމާނާއި ގޭގައި ގެންގުޅޭ ތަކެތި ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ލ. މައިބައިދޫ/ ސީސައިޑް، ހުސެއިން އާފިޒް (35 އަހަރު) ހައްޔަރުކުރީ މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއަކުން ކުރި ވައްކަންތަަކަކާ ގުޅިގެން ކަމަށެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާ ވަނީ ކުށަށްވެސް އިއުތިރާފްވެފަ އެވެ.
އަދި މިއީ އެހެން ބަޔަކާ ބައިވެރިވެގެން ކުރި ކަމެއް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އެކަމަކު އެ މައްސަލައިގައި ހިމެނޭ އެހެން މީހުން ހައްޔަރުކުރިކަން ސާފެއް ނުވެއެވެ.
އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ރޭ ކްރިމިނަލް ކޯޓުން ވަނީ އަމުރުނެރެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު