ކެއްސާތީ ބޭނުންކުރާ ކޯފްސީ ސިރަޕް ބޭނުންކުރުމުގެ ހުއްދަ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަލުން ދީފިއެވެ.
އިންޑިއާގެ އެމްއެމްސީ ހެލްތު ކެއާއިން އުފައްދާ ކޯފްސީ ސިރަޕް، 100 އެމްއެލް ފުޅީގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަ ކުރެވިފައިވާތީ އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިތުރަށް ތަޙުލީލު ކުރަމުން ދާކަމަށް އެމް.އެފް.ޑީ.އޭ އިން އިޢުލާނުކުރީ މިދިޔަ އޮގަސްޓްމަހުގެ 19 ވަނަ ދުވަހުއެވެ.
ނަމަވެސް މިއަދު އެމް.އެފް.ޑީ.އޭ އިން ބުނެފައިވަނީ އެއޮތޯރިޓީން ކޮށްފައިވާ ތަޙުލީލުތަކުން އެބޭހުގައި މައްސަލައެއް ނެތްކަން އެނގިފައިވާ ކަމަށެވެ. އެހެންކަމުން އެބޭސް ރާއްޖެ އެތެރެ ކުރުމާއ،ި ވިއްކުމާއި އަދި ބޭނުން ކުރުމަކީ ހުއްދަ ކަމެއްކަމަށް އެމް.އެފް.ޑީ.އޭ އިން ބުނެފައިވެއެވެ.
ކޯފްސީ ސިރަޕް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފައިވާއިރު ކެއްސާތީ ބޭނުންކުރަމުންދާ އެލެގްރާ ސިރަޕް، 30 މިލިގްރާމް ރާއްޖެ އެތެރެކުރުން އެމް.އެފް.ޑީ.އޭ އިން މިހާރުވަނީ މަނާކޮށްފައެވެ.

— MFDA (@MFDA_mv) September 29, 2024
ކޯފްސީ ސިރަޕް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފައިވާއިރު ކެއްސާތީ ބޭނުންކުރަމުންދާ އެލެގްރާ ސިރަޕް، 30 މިލިގްރާމް ރާއްޖެ އެތެރެކުރުން އެމް.އެފް.ޑީ.އޭ އިން މިހާރުވަނީ މަނާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު