ސައިކަލެއް ވަގަށް ނެގި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރ. އަލިފުށި/ ވެސްޓްސައިޑް/ އަހުމަދު ޝާހިދު ހައްޔަރުކުރީ މި މަހުގެ 23 ވަނަ ދުވަހު މާލޭގައި ސައިކަލެއް ވަގަށް ނެގި މައްސަލައިގަ އެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.

އޭގެ ފަހުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުުރުމުން އިއްޔެ ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދީފަ އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައި ބުނީ ޝާހިދަކީ މިބާވަތުގެ ހައްޔަރާއި ބަންދު ލޮގް އޮތް ފަރާތެއްކަމުން ބަންދުން ދޫކޮށްލައިފިނަމަ މި ކުށް ތަކުރާރުވުމުގެ

އިޙުތިމާލު އޮތްކަމަށް ބެލެވޭ ކަމަށެވެ.

އެ މައްސަލައިގައި އޭނާ ކުށަށް އިއުތިރާފްވެފައިވާ އިރު ސައިކަލަށް ލިބުނު ގެއްލުން އާޢިލާގެ ފަރާތުން ދޭނެކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން