އަހުޒަމް އަޙްމަދު   30 ސެޕްޓެމްބަރު 2024 - 12:35
ބ. ކަމަދޫގައި ވޯޓާ ޕާކެއް ތަރައްގީ ކުރަން ނިންމައިފި އެވެ.

ކަމަދޫ ކައުންސިލްގެ ރައީސް "ރަސް" އަށް ވިދާޅުވީ އެ ޕާކު ހަދަން ނިންމާފައިވަނީ އެ ރަށުގެ ފަޅު ތެރޭގައި ކަމަށެވެ.

މިއީ 30،000 ވަރަކަށް އަކަ ފޫޓުގެ ސަރަހައްދެއް ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ. އެގޮތުން އެ ޕާކުގައި ވޯޓާ ސްލައިޑްތަކާއި އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވޯޓާ ޕާކު ތަރައްގީކުރުމުގެ މަސައްކަތުގެ ބީލަން އަންނަމަހު ކުރީކޮޅު ހުޅުވާލަން ނިންމާފައިވާއިރު އެ މަސައްކަތަށް ހަދަން ޖެހޭ އީއައިއޭ ހަދައިދޭނެ ބަޔަކު ހޯދަން މިއަދު ވަނީ އިއުލާންވެސް ކޮށްފަ އެވެ.

ފަތުރުވެރިކަމުގައި އަރަމުންދާ ކަމަދޫގައި މިހާރުވެސް 15 ގެސްޓު ހައުސް ހުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން