ޤާނޫނީ ވަކީލު އަޙްމަދު މުޢިއްޒު- ގޫގުލް އިމޭޖެސް
ޤާނޫނީ ވަކީލު އަޙްމަދު މުޢިއްޒު- ގޫގުލް އިމޭޖެސް
ކުންފުނީގެ ޤާނޫނަށް އަމަލުކުރަން ފެށިތާ ނުވަ މަސް ވީއިރު ވެސް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އެކުލަވާލަންޖެހޭ ގަވާއިދު އެކުލަވާފައި ނުވާކަމަށް ޤާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރެލް އަޙުމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޢިއްޒު ވިދާޅުވެފައިވަނީ ކުންފުނީގެ ޤާނޫނަށް ބަދަލު ގެނައުމަށްފަހު އެ ޤާނޫނަށް މިއަހަރު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާ ކަމަށާއި، އެ ޤާނޫނުގެ ދަށުން މި އަހަރު މާޗު 31 ގެ ނިޔަލަށް ކުންފުންޏާބެހޭ ގަވައިދު އެކުލަވައިލުން ލާޒިމް ކޮށްފައިވާކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް އަދި މި ގަވާއިދު އެކުލަވާފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި ގަވާއިދާ ނުލައި ކުންފުނީގެ ޤާނޫނުގެ ފޮނި މީރުކަން އާންމުންނަށް ނުލިބޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ މިއީ ކަމާބެހޭ މިނިސްޓްރީގެ ގާބިލުކަމާމެދު ސުވާލު އުފެދެން މެދުވެރިވާ ކަމެއް ކަމަށާއި، އެ ގަވާއިދު ހެދުމަށް ދެވިފައިވާ މުއްދަތު ކުރުކަމަށް ދެކޭނަމަ އެ މުއްދަތު އިތުރުކުރުމަށް އެދި މަޖިލީހަށް ހުށަހެޅުން މުހިންމު ކަމަށެވެ.

ކުންފުނީގެ ގާނޫނަށް އަލަށް ގެނެވުނު ބަދަލުތަކާއެކު ވަކިވަކި ފަރުދުންނަށް ކުންފުނި ހިންގޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި މިހާރު ގާނޫނުގައި އޮންނަ ގޮތުންނަމަ އެކަކަށް ދެ ކުންފުނިވެސް ހެދިދާނެއެވެ.

މީގެ އިތުރުން މި ގާނޫނުގައި ބުނާ ގޮތުގައި ކުންފުންޏެއް ރަޖިސްޓްރީ ކުރަން އެދޭ މީހުން އެކަމަށް ބޭނުންވާ ލިޔެކިޔުންތަކާއި ފީ ހުށަހަޅަން ޖެހެނީ ރަޖިސްޓާރ އޮފް ކޮމްޕެނީޒް އަށެވެ.

ނަމަވެސް ރަޖިސްޓާރ އޮފް ކޮމްޕެނީޒް އަދި އެކުލަވާފައި ނުވާތީ އާންމުންނަށް ކުންފުނި ރަޖިސްޓްރީ ކުރުމުގައި ގޮންޖެހުންތަކެއް ދިމާވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން