ބޮލީވުޑްގެ ތަރި ވެދަންގު ރެއިނާ، ފިލްމު ޖިގުރާގެ ޕޯސްޓަރު- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި ވެދަންގު ރެއިނާ، ފިލްމު ޖިގުރާގެ ޕޯސްޓަރު- ގޫގުލް އިމޭޖެސް
ފިލްމު 'ޖިގްރާ' ގެ ބައެއް މަންޒަރުތައް ޝޫޓު ކުރިއިރު ނަފްސާނީ ސިއްހަތަށް އަސަރު ކުރި ކަމަށް އެ ފިލްމު ލީޑުން ފެނިގެންދާ ބޮލީވުޑްގެ ތަރި ވެދަންގު ރެއިނާ ބުނެފިއެވެ.

ހިންދުސްތާނީ ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ފިލްމު ޖިގުރާ ގެ ބައެއް ޖަޒުބާތީ މަންޒަރުތައް ޝޫޓު ކުރިއިރު ނަފްސާނީ ގޮތުން އަސަރު ކުރި ކަމަށް އެ ފިލްމުގެ ލީޑުން ފެންނަ ވެދަންގު ރެއިނާ ބުނެފައިވާ ކަމަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ އާލިޔާއާއެކު ކުޅުނު ސީނެއްގައި އާލިޔާ ފަސޭހަކަމާއެކު އޭނާގެ ކެރެކްޓާއިން ބޭރުވީއިރު، ވެދަން އަކަށް އެހާ ފަސޭހަކަމާއެކު ކެރެކްޓަރުގެ ޖަޒުބާތުތައް ބަދަލު ނުކުރެވޭ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރު ކޮށް، ސެޓުގެ ވެނިޓީ ތަޅުލައިގެން އެކަނި މާއެކަނި އެތާގައި ހުރިކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ ފިލްމުގެ ސީނުތައް ނިމިގެންވެސް 2-3 ގަޑިއިރު ވަންދެން އެ ސީނުތަކުން ބޭރަށް ދާން އޭނާއަށް އުނދަގޫވި ކަމަށެވެ.

ފިލްމު ޖިގުރާ ގައި ވެދަންގުގެ ކެރެކްޓަރަކީ ވަރަށް ބޮޑު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކެރެކްޓަރެކެވެ. އަދި އެކަމުގެ ސަބަބުން ޖަޒުބާތީ އެތައް މަންޒަރުތަކެއްގައި ހަރަކާތްތެރިވާން އޭނާއަށް ޖެހުނެވެ. ވެދަންގު އާއެކު މި ފިލްމުގެ ލީޑުން ދެން ފެންނަނީ އާލިޔާއެވެ. މި ފިލްމުގައި އާލިޔާ ކުޅެނީ ވެދަންގުގެ ދައްތަގެ ރޯލެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު ސިނަމާތަކަށް ނެރޭނީ މިމަހުގެ 11 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން