ސްކޫލަކަށް ވަދެ ޓީޗަރަށް ބިރު ދެއްކި މީހާގެ ބަންދުން ދޫކޮށްލައިފި އެވެ.

މއ. ކަނޑޫގޭ އަލީ އަހުމަދު ހައްޔަރުކުރީ މިދިޔަ އޮގަސްޓުމަހުގެ ކުރީކޮޅު ސްކޫލަކަށް ވަދެ ބިރުދެއްކި މައްސަލައިގައެވެ.

އަދި އޭގެ ފަހުން ތިން ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ޖެހި އެވެ.

އަލީގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ބުނީ އޭނާ މިވަގުތު ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

އެހެންވެ އޭނާ ބަންދުން ދޫކޮށްލަން ވަނީ އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ކުރިން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން އަލީ ވަނީ ސްކޫލަށް ވަދެ އަޑު ގަދަކޮށް ބައެއް ޓީޗަރުންނަށް ބިރު ދައްކާފައެވެ. ނަމަވެސް އެއްވެސް މީހެއްގެ ގައިގައި އަތް ނުލާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

އޭގެއިތުރުން ޢަލީ އަޙްމަދަކީ ބިރު ދެއްކުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އޭނާ ހިންގި އަމަލަކީ ސްކޫލު ކުދިންގެ މެދުގައި ބިރުވެެރިކަން އުފެދޭނެ ކަމެއް ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން