މަޓީގެ ޙަފްލާއެއްގެ ތެރެއިން
މަޓީގެ ޙަފްލާއެއްގެ ތެރެއިން
އެމްއެމްއޭ އިން ރޭ އިއުލާނުކުރި ބޭރު ފައިސާގެ އުސޫލު އޮތީ ދިން ހިޔާލުތަކާ އެއްގޮތަކަށް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހާމަކޮށްފިއެވެ.

މަޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓޫރިޒަމްް ވިޔަފާރިތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް، އަދި ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް ވަކި ޢަދަދެއްގެ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރު ކުރަން ޖެހޭ ގޮތަށް އިއްޔެ އުސޫލު އާއްމުކޮށްފައިވަނީ އެފަރާތާއެކު ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް ނޫން ކަމަށެވެ.

މަޓީން ބުނީ އެމްއެމްއޭގެ އެދިވަޑައިގަތުމަށް ބޭއްވި ބައްދަލުވުމުގައި ބޭރު ފައިސާއާ ބެހޭ އާ ގަވައިދުގައި ހިމަނަން އެމްއެމްއޭއިން ހުށަހެޅި ކަންކަމަކީ މަޓީއަށް އެއްބަސްވެވޭ ކަންކަމެއް ނޫން ކަމަށް ބުނެފައިވާނެ ކަމަށެވެ.



ނަމަވެސް ގަވައިދު ގެޒެޓު ކުރިއިރު މަޓީގެ ފަރާތުން ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް އެމްއެމްއޭގެ ފަރާތުން އިޖާބަ ދީފައި ނެތްކަމަށް މަޓީން ވަނީ ބުނެފައެވެ.

މީގެއިތުރުން މަޓީން ބުނެފައިވަނީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެ ޖަމިއްޔާގެ ފަރާތުން އަބަދުވެސް ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށެވެ.

މަޓީން މިފަދަ ބަޔާނެއް ނެރެފައިވާއިރު އެމްއެމްއޭ އިން ބުނެފައިވަނީ ބޭރު ފައިސާގެ އުސޫލުތަކަށް ބަދަލުތައް ގެނައީ ޓޫރިޒަމް ދާއިރާގެ މަސްލަހަތުވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން