އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައި ވަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަނގަކުރާ މުނާސަބަތާއި ގުޅިގެން އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ވުޒާރާގެ އިއުލާނުގައި ބުނީ މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ، މައުލޫމާތު ސާފުކުރުމަށްފަހު އެ ވުޒާރާއަށް ގޮސް އަންދާސީ ހިސާބު ހުށައެޅުމަށް ވުޒާރާގެ އިއުލާނުގައި ބުނެފައިވެއެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮކްޓޫބަރު މަހުގެ 06ގެ 22:00 ގެ ކުރިން ރަޖިސްޓްރީ ކުރަން ވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ 11:00 ގައި ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން