ބޮލީވުޑްގެ ތަރިން ވިޖޭ އަދި ބޮބީ ޑިއޯލް- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރިން ވިޖޭ އަދި ބޮބީ ޑިއޯލް- ގޫގުލް އިމޭޖެސް
ފިލްމީ ތަރި ތަލަޕަތީ ވިޖޭގެ ފިލްމު "ތަލަޕަތީ 69" ގެ މުހިންމު ރޯލަކުން ބޮލީވުޑްގެ މަޝްހޫރު ތަރި ބޮބީ ޑިއޯލް ފެންްނާނެ ކަމަަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ތަމަޅަ ފިލްމު "ތަލަޕަތީ 69" ގެ ކާސްޓާ ދާދި ފަހުން ބޮބީ ޑިއޯލް ގުޅިފައިވާ ކަމަށެވެ. އަދި ބޮބީ އަކީ މީގެ ކުރިންވެސް ތަފާތު އެކިކަހަލަ ރޯލުތަކުން ފެނިފައިވާ ހުނަރުވެރި ތަރިއެއްކަމުން މި ފިލްމުގެ ކާސްޓާ ބޮބީ ގުޅިފައިވުމަކީ ފިލްމު އިތުރަށް ފުރިހަމަ ވެގެންދާނެ ކަމެއްކަމަށް ބެލޭވެ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން މި ފިލްމަކީ މަޝްހޫރު ފިލްމީތަރި ތަލަޕަތީ ވިޖޭގެ އެންމެ ފަހު ފިލްމު ކަމަަށްވެސް ރިޕޯޓުގައި ވެއެވެ. މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އެޗް ވޮނޯތު ޑައިރެކްޓުކުރާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު ގައެވެ. އަދި މި ފިލްމު ހިންދީ، ތަމަޅަ އަދި ޓެލުގޫ ބަހުން ނެރޭނެ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ވިޖޭ އާއި ބޮބީ އަކީ އިންޑިއަން ސިނަމާގައި ވަރަށް ފާހަގަ ކޮށްލެވޭ ހުނަރުވެރި ދެ ތަރިންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާއާ ދުރުގައި އުޅުމަށްފަހު ބޮބީ އެނބުރި އައިސްފައިވަނީ ފިލްމު "އެނިމަލް" އިންނެވެ. މި ފިލްމަށްވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން