ބޮލީވުޑްގެ މަޝްހޫރު ތަރި ތުރިޕްތީ ދިމްރީ- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި ތުރިޕްތީ ދިމްރީ- ގޫގުލް އިމޭޖެސް
ފިލްމީ ދާއިރާގައި މަޝްހޫރުކަން ލިބޭ ވަރަކަށް އަމިއްލަ މިނިވަންކަން ނެތިދާ ކަމަށް ބޮލީވުޑްގައި ވިދަމުން އަންނަ ފިލްމީ ތަރި ތުރިޕްތީ ދިމްރީ ބުނެފިއެވެ.

ދާދި ފަހުން ދަ ހޮލީވުޑް ރިޕޯޓާ އަށް ދިން އިންޓަވިއުއެއްގައި ތުރިޕްތީ ބުނެފައިވަނީ ފިލްމީ ދާއިރާގައި މަޝްހޫރުވެ މީހުންގެ މަގުބޫލުކަން ލިބެމުންދާ ވަރަކަށް އަމިއްލަ މިނިވަންކަން ނެތިދާ ކަމަށެވެ. އަދި ކުރީގައި ކުރަމުން އައިސްފައިވާ އެތައް ކަމެއް ކުރުމަށް މިހާރު އުނދަގޫ ވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެގޮތުން އޭނާ ބުނެފައިވަނީ ކުރީގައި އޭނާ އެއްވެސް މީހެއްގެ އުނދަގުލެއްނެތި ބާޒާރު ކުރުމަށާއި، ހިނގާލަން ބޭރުތެރެއަށް ނުކުމެ އުޅޭ ކަމަށެވެ. ނަމަވެސް މަޝްހޫރުކަން ލިބުމަށްފަހު މިކަންތައް ކުރުމަށް ދަތިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ތުރިޕްތީ އަކީ ބޮލީވުޑްގައި ވިދަމުން އަންނަ ފިލްމީ ތަރިއަކަށްވީއިރު އޭނާ މީހުންގެ މެދުގައި މަގުބޫލު ވާން ފަށާފައިވަނީ ހިންދީ ފިލްމު "އެނިމަލް" ގައި އޭނާ ދެއްކި ހުނަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން