ބްރޯޑްކާސްޓްކުރާއިރު ގައުމުގެ ހައްގުގައި ވަކާލާތު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ ބްރޯޑްކާސްޓް ކުރުމަކީ އަމާނާތެއް ކަމަށާއި އަދި މަސްއޫލިއްޔަތެއް ވެސް ކަމަށެވެ.

އެހެންކަމުން ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ ރާއްޖެ އާއި ގައުމުގެ ހައްގުގައި ވަކާލާތު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ ބްރޯޑްކާސްޓިން ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "މާދަމާގެ ތަަސައްވުރު: ބްރޯޑްކާސްޓިންގެ މުސްތަގުބަލު ބައްޓަންކުރުން" މިއެވެ.

ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ސްކޫލު ދަރިވަރުންނަށް ކުރެހުމުގެ މުބާރާތެއް ވެސް ހުޅުވާލައިފަ އެވެ.

ރާއްޖޭގައި ބްރޯޑްކާސްޓިންއާ ގުޅޭ އެންމެހާ ކަންކަން ބަލަހައްޓަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ދަށުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން