ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ޤާސިމް ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ދެ ކަނބަލުންނަށާއި، އެންމެހާ ދިވެހިރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.
“ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ހިތްތަކުގައި އީމާންކަމުގެ ރޫޙު މަތިވެރި ކުރައްވާށިއެވެ. އަޅަމެން އިސްލާމްދީންމަތީގައި ސާބިތުވެ ތިބުމުގެ ތައުފީޤް އަބަދުމެ މިންވަރު ކުރައްވާށިއެވެ.” ޤާސިމް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ފޮނުއްވާފައިވާއިރު ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން މިއަދުވަނީ ޚާއްސަ ޖަލްސާއެއް ބާއްވަވާފައެވެ.
މިޖަލްސާގައި ވޭތުވެދިޔަ ދެ އަހަރު ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުން ވެސް އޮތެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު