އެމެރިކާގެ އެހީތެރިކަމާއެކު ނިރުބަވެރި އިސްރާއީލުން ބަދަލު ހިފުމުގެ ގޮތުން އީރާނަށް ހަމަލާއެއް ދޭން ތައްޔާރުވާން ފަށާފައިވާ ކަމަށް ބޭރުގެ މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

އީރާނުން އިސްރާއީލަަށް ދިން ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ހަމަލާ ދިނުމަށް ތައްޔާރުވުމަށް ނިރުބަވެރިން ތައްޔާރުވަމުންދާއިރު އެގައުމަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދެމުންދާ އެމެރިކާއިން ވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރަކު އިސްރާއީލަށް ފޮނުވާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލަށް އީރާނުން ފާއިތުވި ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ދިން ވަރުގަދަ ހަމަލާގައި އިސްރާއީލުގެ އެއާބޭސްތައް ހިމެނޭ ގޮތަށް ގިނަ ތަންތަނަށް ގެއްލުންވިއެވެ.

އިސްރާއީލަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މަތިންދާބޯޓެއް ނުވަތަ މުހިންމު އިންފްރާސްޓްރަކްޗަރަކަށް ގެއްލުންވެފައި ނުވާ ކަމަށް އެގައުމުން ބުނެއެވެ. އަދި އިސްރާއީލުގެ ވައިގެ ސިފައިން ފުރިހަމަ ކެޕޭސިޓީގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށްވެސް އެގައުމުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

އީރާނުން އިސްރާއީލާ ދެކޮޅަށް ދިން މި ހަމަލާތަކަކީ އިސްރާއީލުން ހިންގި ނިރުބަވެރި އޮޕަރޭޝަންތަކެއްގައި ހިޒްބުاللهގެ ލީޑަރު ސައްޔިދު ޙަސަން ނަޞްރުالله އާއި ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ އަވަހާރަވުމުން އޭގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން