މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ ވަރުގަދަ ގައިޑްލައިނެއް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓްއިން ނެރެ ރައްކާތެރިވާން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް ފަސް ދުވަަހުގެ ތެރޭގައި މެދު ރާއްޖެތެރޭގެ ސަރަހައްދުގައި އާންމުކޮށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެކުނުގެ ސަރަަހައްދުގައު 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކ 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ބެލެވިފައިވާ އިރު، ގުގުރައި ބޯކޮށް ވާރޭވެހި އުދަ އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަށް ދުރާލާ ތައްޔާރުވުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމަށާއި ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އަޅައި ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ ފަދަ މުދާ ފެނުގެ އަސަރު ނުފޯރާ ފަދަ ތަންތަނަށް ބަދަލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެންޑީއެމްއޭއިން އިލްތިމާސްކުރި އެހެން ކަންތައްތައް

• ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިއާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ހައްޔަރުކުރުން

• ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުން.

• ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލައިފައި ބެހެއްޓުން

• ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމްގެ ފުރިހަަމަކަން ޔަގީންކުރުން.

• ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން ހޯދުން

• ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމު ކުރުން.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން