ފިލްމީ ތަރިން އަޖޭ ދޭވްގަން އާއި ސަލްމާން ޚާން- ގޫގުލް އިމޭޖެސް
ފިލްމީ ތަރިން އަޖޭ ދޭވްގަން އާއި ސަލްމާން ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ފިލްމު "ސިންގަމް އެގެއިން" އިން ސަލްމާން ޚާންގެ ޗުލްބުލް ޕާންޑޭ ކެރެކްޓަރު ފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އަޖޭގެ ފިލްމު "ސިންގަމް އެގެއިން" އިން ސަލްމާނުގެ މަޝްހޫރު ޗުލްބުލް ޕާންޑޭ ކެރެކްޓަރު ފެންނާނެ ކަމަށާއި، ސަލްމާނުގެ މި ހާއްސަ ފެނިލުން ހިމެނެނީ މި ފިލްމުގެ ވަރަށް މުހިންމު މަންޒަރެއްގައި ކަމަށެވެ. ނަމަވެސް މިއަދު ނެރުމަށް ހަމަޖެހިފައިވާ ޓްރެއިލާގައި ސަލްމާނުގެ ޝޫޓުތައް ހިމަނާފައި ނުވާކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މިއީ ސިންގަމް ފްރެންޗައިސްގެ 3 ވަނަ ފިލްމަށްވީއިރު، މި ފިލްމަކީ ރޯހިތު ޝެޓީގެ "ކޮޕް ޔުނިވާސް" ގެ 5 ވަނަ ފިލްމެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން އަޖޭއާއި ސަލްމާނުގެ އިތުރުން އަކްޝޭ ކުމާރު، ރަންވީރު ސިންގު، ކަރީނާ ކަޕޫރު ޚާން، ދިޕިކާ ޕަޑުކޯން އަދި ޓައިގާ ޝްރޮފް ފަދަ ބޮލީވުޑްގެ ނަން މަޝްހޫރު ތަރިން ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމުގެ ޓްރެއިލާ މިއަދުގެ ވަގުތެއްގައި ނެރުމަށް ހަމަޖެހިފައިވާއިރު، މި ޓްރެއިލާ ނެރޭނީ މުމްބާއީގައި ހުންނަ ނިތާ މުކޭޝް ކަލްޗަރަލް ސެންޓާރ ގައެވެ. އަދި މި ޓްރެއިލާ ނެރުމުގެ ރަސްމިއްޔާތުގައި 2000 އަށްވުރެ ގިނަ ފޭނުންނާއި، ގިނަ އަދަދަކަށް ޖާނަލިސްޓުން ބައިވެރިވާއިރު، މިއީ ހިންދީ ސިނަމާގައި މިހާތަނަށް ނެރޭ އެންމެ ދިގު ޓްރެއިލާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން