ބޮލީވުޑްގެ ތަރި ރިޔާ ޗަކްރަބޮރްތީ- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި ރިޔާ ޗަކްރަބޮރްތީ- ގޫގުލް އިމޭޖެސް
ސްކޭމް މައްސަލައަކާ ގުޅިގެން ބޮލީވުޑްގެ ތަރި ރިޔާ ޗަކްރަބޮރްތީ ދިއްލީ ފުލުހުންގެ އިންޓެލިޖެންސް ފިއުޝަން އެންޑް ސްޓްރެޓެޖިކު އޮޕަރޭޝަން (އައިއެފްއެސްއޯ) އަށް ހާޒިރުވާން އަންގައިފި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ސްކޭމް މައްސަލައަކާ ގުޅުމެއް އޮތުމުގެ ތުހުމަތުގައި ދިއްލީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޑްމެންޓަށް ހާޒިރުވާން ރިޔާ އަށް އަންގާފައިވާ ކަމަށާއި، މި މައްސަލައާ ބެހޭ މައުލޫމާތު ހޯދުމަށް ރިޔާއާއި ސުވާލު ކުރުންތައް އޮންނާނީ މިމަހުގެ 9 ގައި ކަމަށެވެ. އަދި މިއީ މޮބައިލް އެޕްލިކޭޝަނެއް ކަމަށްވާ ހައިބޮކްސް އާ ގުޅުން ހުރި ކަމެއް ކަމަށާއި، މި އެޕްލިކޭޝަންގެ ޒަރިއްޔާއިން އެތައް ހާސް ބަޔަކަށް ސްކޭމް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 16 ގައި ކަމަށްވީއިރު، ފުލުހުންވަނީ މި ސްކޭމް ގެ މާސްޓާ މައިންޑު ކަމުގައި ބެލެވޭ ޝިވްރަމް ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ނަމުގައިވާ 4 ބެންކު އެކައުންޓަކުން 18 ކަރޯރު ރުޕީސް ފުލުހުން ހިފަހައްޓާފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ރިޔާއާއި މި ކޭސް އާއި އޮތީ ކޮންކަހަލަ ގުޅުމެއްކަން އަދި މީޑިއާތަކަަށް އެނގިފައި ނުވީނަމަވެސް، ބުދަ ދުވަހު ބާއްވާ އަޑުއެހުމަށްފަހު މި ސްކޭމް އާއި އޭނާއާއި އޮތް ގުޅުމެއް އެނގޭނެ ކަމަށް ރިޕޯޓުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން