އަހުޒަމް އަޙްމަދު   9 އޮކްޓޯބަރު 2024 - 11:27
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ސެކެޓްރީ ޖެނެރަލަކު ހޯދަން އިއުލާންކޮށްފި އެވެ.

އެފްއޭއެމުން މިއަދު ކުރި އިއުލާންގައި ބުނެފައިވާ ގޮތުގައި ސެކެޓްރީ ޖެނެރަލްގެ މަސްއޫލިއްޔަތަކީ އެފްއޭއެމްގެ ޓޮޕް މެނޭޖްމަންޓާ ގުޅޭ ކަންކަން މެނޭކުރުމެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެޑްވާންސް ޑިގްރީއެއް ދަށްވެގެން ހާސިލުކޮށްފައިވުން ހިމެނެ އެވެ.

އަދި އެޑްމިނިސްޓްރޭޓިވް ދާއިރާގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން ވެސް ހިމެނެ އެވެ.

އެ މާގަމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އެފްއޭއެމްގެ ހިންގުން އޮތީ ބޮއްސުންލައި ކޮރަޕްޝަންގެ ހާއްޔަކަށް ވެފަ އެވެ.

އެގޮތުން އެފްއޭއެމްގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި މިހާރު އޮތީ ދައުވާ ކުރަންވެސް ފޮނުވައިފަ އެވެ.

އަދި ހުޅުމާލޭގައި ތަރައްގީ ކުރި ފުޓްބޯޅަ ދަނޑުތަކެއްގެ މަސައްކަތުގެ އަގު ދީފައިނުވާތީ ކޮރެއާ ކުންފުންޏަކަށް އެފްއޭއެމްއިން 3.3މިލިއަން ޑޮލަރު ދޭން ވެސް މި މަހު ވަނީ ހުކުމްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން