ބްރައިޓް ވިއު މަރުކާގައި ވިއްކާ ހިންނަވަރު އަތުޖެހި
ބްރައިޓް ވިއު މަރުކާގައި ވިއްކާ ހިންނަވަރު އަތުޖެހި
ބްރައިޓް ވިއު މަރުކާގައި ވިއްކާ ހިންނަވަރު އަތުޖެހިއަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ހިންނަވަރު އަތުޖެހި، ބްރައިޓް ވިއު" އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އުސޫލާ އެއްގޮތަށް ދަފްތަރުކޮށްގެން ހިންގާ ވިޔަފާރިއެއް ނޫންކަމަށާއި އެހެންކަމުން ޢާއްމު ރައްޔިތުންގެ ސަމާލުކަމަށްޓަކައި އެކަން ޙިއްސާ ކުރާކަމަށެވެ.

އެގޮތުން އެ އުފެއްދުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަންބަރެއް ނޫންކަމަށާއި އެތަކެތި ތައްޔާރުކުރާ ފަރާތަކީ އެ އޮތޯރިޓީގައި ދަފްތަރުކޮށްފައިވާ ފަރާތެއް ނޫން ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.



އޭގެ އިތުރުން އެމްއެފްޑީއޭ އިން ބުނެފައިވަނީ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރުމަށް ދަފްތަރުކުރާ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ދިރިތި ޕޯޓަލް އާއި ވެބްސައިޓްގެ އިތުރުން ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއު ކުރަމުންދާނެ ކަމަށެވެ.

އަދި އުސޫލާއި ޚިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ފާހަގަވެއްޖެނަމަ އެކަން ނަންބަރު 7603204 އަދި 3014361 އަށް ގުޅައި ހިއްސާކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

އެމްއެފްޑީއޭއިން އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ލޯގޯ ދޫކުރުން ހުއްޓާލައި، އެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރުވުމަށް ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ ނުވައެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން