ފުނަދޫ އެއާޕޯޓް
ފުނަދޫ އެއާޕޯޓް
ފުނަދޫ އެއާޕޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ މޯލްޑިވިއަންގެ ދަތުރުތައް މެދުކަނޑާލައިފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ ފުނަދޫ އެއާޕޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން އިތުރުގޮތެއް އަންގަންދެން އެއާޕޯޓަށް ކުރަމުންދިޔަ ޝެޑިއުލް ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ.

ނަމަވެސް އެއަރޕޯޓަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލަތަކުގެ ތަފްސީލް މޯލްޑިވިއަނުން ހާމަކޮށްފައެއް ނުވެއެވެ.



މޯލްޑިވިއަނުން ވަނީ ދަތުރުތައް މެދުކަނޑާލަން ޖެހުމާ ގުޅިގެން ރީބުކިން ހެއްދުމަށް ބޭނުންވާ ކަސްޓަމަރުން 1671 އަށް ގުޅުމަށް އެދިފައެވެ.

އަދި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މޯލްޑިވިއަނުން ވަނީ މައާފަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން