ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި
ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި
ސްޓެލްކޯގެ ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރަމުންދާތީ މާދަމާ ހެނދުނު މާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން ގްރިޑް ވިއުގައިގެ މަސައްކަތެއް މާދަމާ ކޮންމެހެންވެސް ކުރަންޖެހޭ ކަމަށެވެ.

އެހެންކަމުން މާދަމާ ހެނދުނު 6:00 އިން 7:00 އަށް މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.



ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން