މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މާޅޮސްމަޑުލު އުތުރުބުރިން ފެށިގެން ފެލިދެއަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
ރާއްޖޭގެ މޫސުމާ ބެގޭ އިދާރާއިން އެ އެލާޓް ނެރުނީ މިއަދު ހެނދުނު 11 އިން ފެށިގެން މެންދުރުފަހު ތިނަކާ ހަމައަށެެވެ.
މެޓް އޮފީހުން ބުނީ އެ ގަޑިތަކުގައި މާޅޮސްމަޑުލު އުތުރުބުރިން ފެށިގެން ފެލިދެއަތޮޅާ ހަމައަށް ގަޑިއަކު 24 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށެވެ.
ހަމަ އެހެންމެ އެ ވަގުތުތަކުގައި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ރީނދޫ ސަމާލު ނެރުނުއިރު މިއަދު ހެނދުނުން ފެށިގެން މެންދުރު ވަންދެން މާލެއަށް ބޯކޮށް ވާރޭވެހުމުގެ.
މޫސުމާބެހޭ އިދާރާއިން މިއަދު ހެނދުނު އަށަކުން 11 އަށް ތިލަދުންމަތީ އުތުރުބުރިން ފެށިގެން ހައްދުންމައްޗަށް ހުދު ސަމާލު ނެރުނެވެ. އޭރު ނެރުނު ސަމާލުގައި ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދާވަނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްކޮޅު މޫސުން ރަނގަޅު ނޫންކަން ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ވަރަށް ބޮޑަށް ވައި ގަދައެވެ.

ކިޔުންތެރިންގެ ހިޔާލު