އައްޑޫސިޓީ ގަމުގައި ޑްރޯން ބޭސްއެއް ގާއިމުކުރަން އުޅޭއިރު އެކަމާ ސިޓީ ކައުންސިލާ މަޝްވަރާނުކުރާތީ އެ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މޭޔަރު ނިޒާރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ގަމަކީ އެ ސިޓީ ތަރައްގީގެ ޕްލޭންތަކާއި ގުޅިފައިވާ މުހިންމު މަސައްކަތްތަކެއް ހިންގަމުން އަންނަ މަރުކަޒެއް ކަމަށާއި އެއީ ކުރިއާ ޚިލާފަށް އިގްތިސާދީ ޕްލޭންތައް ހެދި ނިމިފައިވާ ތަނެއް ކަމަށެވެ.
ނަމަވެސް އެ ސިޓީއަކީ ސިފައިންނާއި ފުލުހުންގެ މަރުކަޒެއްގެ ގޮތުގައި ބާއްވަން ސަރުކާރުތަކުން މަސައްކަތް ކުރުމަކީ އައްޑޫގެ ތަރައްގީއަށް ބޮޑެތި ހުރަސްތައް ދިމާވެދާނެ ކަމެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ، ގަމު ދެކުނު ކޮޅުގައި ޑްރޯން ބޭސްއެއް (އެއަރ ސްޓޭޝަން) އެއް ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ ތަނަކީ ހޮޓަލެއް ގާއިމު ކުރުމަށް ނިންމާފައިވާ ފުރިހަމަ ލޮކޭޝަނެއް ކަމަށެވެ.
ނަމަވެސް، އެކަން ކުރަން ސަރުކާރުން ނިންމާފައި ވަނީ އައްޑޫ އެއާޕޯޓްސް ކޮންޕެނީގެ ވިސްނުމާއި ދެކޮޅަށް ކަމަށާއި އައްޑޫ ކައުންސިލަށް ވެސް އެގުމެއްނެތި އަދި އައްޑޫގެ ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ވެސް އެގުމެއްނެތި ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.
ނިޒާރު ވިދާޅުވީ އެގޮތަށް އެކަން ކުރުމަކީ ރުހެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މަޝްވަރާ ކުރެވިގެން އައްޑޫގެ ކޮންމެ ދިމާލަކުން ޕްލޭންތައް ފުށުނާރާނެހެން ސިފައިންނާއި ފުލުހުންނަށް ބިންދިނުމަކީ ކައުންސިލުން އެއްބަސްވާނެ ކަމެއް ކަމަށާއި މިވީހާތަނަށް އެކަން ކުރަމުން އައީވެސް އެހެންކަމަށް ނިޒާރުވަނީ ވިދާޅުވެފައެވެ.
ނިޒާރުގެ ވާހަކައިގައި ފާހަގަކުރައްވާފައިވާ ޑްރޯންބޭސް ގާއިމްކުރުމާއި ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ރަސްމީ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އައްޑޫ ސިޓީ ގަމަކީ އައްޑޫ ސިޓީ ތަރައްގީގެ ޕްލޭންތަކާއި ގުޅިފައިވާ މުހިންމު މަސައްކަތް ތަކެއް ހިގަމުންއަންނަ މަރުކަޒެއް. ކުރިޔާ ހިލާފުވާހެން އިގްތިސާދީ ޕްލޭންތައްހެދި ނިމިފައިވާ ތަނެއް. މިތަނަކީ ސިފައިންނާއި، ފުލުހުންގެ މަރުކަޒެއްގެ ގޮތުގައި ބާއްވަން ސަރުކާރުތަކުން މަސައްކަތް… pic.twitter.com/I7c8yCRnye
— Ali Nizar (@DhekunuNizar) October 11, 2024
ނިޒާރު ވިދާޅުވީ، ގަމު ދެކުނު ކޮޅުގައި ޑްރޯން ބޭސްއެއް (އެއަރ ސްޓޭޝަން) އެއް ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ ތަނަކީ ހޮޓަލެއް ގާއިމު ކުރުމަށް ނިންމާފައިވާ ފުރިހަމަ ލޮކޭޝަނެއް ކަމަށެވެ.
ނަމަވެސް، އެކަން ކުރަން ސަރުކާރުން ނިންމާފައި ވަނީ އައްޑޫ އެއާޕޯޓްސް ކޮންޕެނީގެ ވިސްނުމާއި ދެކޮޅަށް ކަމަށާއި އައްޑޫ ކައުންސިލަށް ވެސް އެގުމެއްނެތި އަދި އައްޑޫގެ ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ވެސް އެގުމެއްނެތި ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.
ނިޒާރު ވިދާޅުވީ އެގޮތަށް އެކަން ކުރުމަކީ ރުހެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މަޝްވަރާ ކުރެވިގެން އައްޑޫގެ ކޮންމެ ދިމާލަކުން ޕްލޭންތައް ފުށުނާރާނެހެން ސިފައިންނާއި ފުލުހުންނަށް ބިންދިނުމަކީ ކައުންސިލުން އެއްބަސްވާނެ ކަމެއް ކަމަށާއި މިވީހާތަނަށް އެކަން ކުރަމުން އައީވެސް އެހެންކަމަށް ނިޒާރުވަނީ ވިދާޅުވެފައެވެ.
ނިޒާރުގެ ވާހަކައިގައި ފާހަގަކުރައްވާފައިވާ ޑްރޯންބޭސް ގާއިމްކުރުމާއި ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ރަސްމީ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު