ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
މިވެރިކަން ހޯދުމަށް ހެދި ދޮގާއި ފިތުނައިގެ ސަބަބުން ގެއްލުންވީ ރާއްޖެއަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ކުޅުދުއްފުށީ ސިޓީގައި މިއަދު ކުރިއަށް ގެންދާ "ލާމަރުކަޒީ ގުޅުން" ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ ވެރިކަން ހޯދުމަށްޓަކައި މިސަރުކާރުން ހެދި ދޮގާއި ފިތުނައިގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި އެކަމަށް މިސަރުކާރު ޒިންމާ ކުރުވަން ޖެހޭ ކަމަށްވެސް ރައީސް ޞާލިޙް މިއަދު ވިދާޅުވިއެވެ.

“ވެރިކަމަށް އައީ ދޮގުވެރި، މަކަރުވެރި، ހީލަތްތެރި ރޭވުންތަކުގެ ތެރެއިން. މިއަދު އެދަނީ އެކަން ސާފުވަމުން. އެބޭފުޅުން ވެރިކަމަށް އައުމަށް ވީ ވައުދުތަކަކީ އެއްވެސް ހިސާބެއް، ކިތާބެއް ބެލުމެއް ނެތި، ހަގީގަތުގެ މައްޗަށް ނުބަލާ ވީ ވައުދުތަކެއްކަން މިއަދު އެދަނީ ހާމަވަމުން.” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް މިއަދު ވިދާޅުވީ ސަރުކާރުން ފައިސާ ނެތް ވާހަކަ ދައްކާއިރު އިންޑިއާ އައުޓް ކެމްޕޭންގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން މި ސަރުކާރަކީ ރައްޔިތުން ދައްކާ ވާހަކަ ގަބޫލު ކުރާ ބައެއް ނޫން ކަމަށާއި ހިތުހުރި ގޮތަކަށް ހަމައެކަނި އަމިއްލަ ފައިދާއަށްޓަކައި ހުރިހާ ކަމެއް ކުރަމުންގެންދާ ޚުދުމުހުތާރު ބައެއް ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

“ޚުދުމުހުތާރު ވެރިކަމަކީ މިހާރު މިއޮތް ސަރުކާރު މިސްރާބު ޖަހާފައި އޮތް ދިމާ.” މިއަދުގެ ކޮންފަރެންސް ފެށުމުގެ ޙަފްލާގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް މިބީދައިން ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު މިއަދުގެ ކޮންފަރެންސްގައި ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކައުންސިލްތަކުގެ މާލީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް އެމްޑީޕީން ހާމަކޮށްފައިވެއެވެ.

މިއީ މިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިހާބުގައި ލިބުނު ނާކާމިޔާބަށްފަހު ފަހު، މިފަދަ ބޮޑު ހަރަކާތެއް އެމްޑީޕީން ބާއްވާ ފުރަތަމަ ފަހަރެވެ.

މިއީ އުތުރުގެ ތިން އަތޮޅުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ މެންބަރުން ހިމެނޭގޮތަށް 80 ފަރާތަކުން ބައިވެރިވާ ކޮންފަރެންސެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން