ރޯހިތު ހޯދަން އުތުރުތިލަފަޅަށް ދިޔަމީހުން ގެއްލިއްޖެ ކަމަށާއި އުތުރުތިލަފަޅު އެއްބަސްވުމާއި އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ޤާއިމުކުރުންވެސް މިހާރު އޯކޭ ވެއްޖެ ކަމަށް ވިދާޅުވެ އެމްޑީޕީގެ އިސް މުޝީރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ކުޅުދުއްފުށީ ސިޓީގައި މިއަދު ކުރިއަށް ގެންދާ "ލާމަރުކަޒީ ގުޅުން" ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ނިންމެވި ގިނަ މަސައްކަތްތަކަކީ ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ކޮންމެހެންވެސް ކުރަން ޖެހިފައިވާ މަސައްކަތްތަކެއް ކަމުގެ އުފާވެރި އިހުސާސް މިއަދު ކުރެވޭ ކަމަށެވެ.
އޭރު އިދިކޮޅު ފަރާތްތަކުން ދެކޮޅުހެދި ގިނަކަންތައްތަކެއް އެފަރާތްތަކުން ވެރިކަމަށް އަހަރެއް ނުވަނީސް ކޮށްފައިވާކަން ފާހަގަ ކުރަށްވަމުން ރައީސް ޞާލިޙް ވިދާޅުވީ މިހާރު ހަނިމާދޫ އެއަރޕޯޓާވެސް މި ސަރުކާރަށް ރަނގަޅު ކަމަށެވެ. ހަމައެއާއެކު ކުރިން އިންޑިއާ އަސްކަރިއްޔާގެ މަރުކަޒެއް ގޮތުގައި ސިފަކުރި އުތުރު ތިލަފަޅުގެ އެއްބަސްވުންވެސް ކުރިއަށް ގެންދަން ނިންމައިފި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އޭގެ އިތުރުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން އުޅުނީ އެ އަތޮޅުގައި އިންޑިއާ މީހުން އާބާދުކުރަން ކަމަށް ކުރިން ބުނި ކަމަށާއި ނަމަވެސް އެކަން ކުރުމަށްވެސް މި ސަރުކާރުން އިންޑިއާ އާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
“ރޯހިތު ހޯދަން ވެގެން ބަޔަކު އުތުރު ތިލަފަޅަށްވެސް ދިޔަ. މިއަދު ހަމަ އެ އެގްރިމަންޓް އޮތް ގޮތަށް ކުރިއަށް އެ ގެންދަނީ.” ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
ރައީސް ޞާލިޙް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިސް ފުރަތަމަ ކުރަން އުޅުނު ކަންކަމަކީ ނުފޯރާ ފޮތިން ފޫގެޅުން ކަމަށާއި އެކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބިފައިވަނީ ރާއްޖޭގެ އިޤްތިޞާދަށް ކަމަށެވެ.
ރައީސް ޞާލިޙް މިމޭރުމުން މި ސަރުކާރަށް ފާޑު ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އުތުރުތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ސިފައިންގެ ބަނދަރު އެކަތައިގެ މަސައްކަތް ދެ ގައުމުން ގުޅިގެން ވަގުތުން ނިންމަން އެއްބަސްވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ހަމައެއާއެކު އިންޑިއާގެ އެހީގައި ސިފައިންގެ ސާވޭލަންސް އަދި މޮނިޓަރިންގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އިތުރު ރާޑަރު ސިސްޓަމްތަކެއް ގާއިމުކުރުމާއި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމު ކުރުމަށް މަޝްވަރާ ކޮށްފައިވެއެވެ.
އޭގެ އިތުރުން ރައީސްގެ ދަތުރުފުޅުގައި ރާއްޖެއިން އިންޑިއާއާއެކު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއާ ރުފީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުން ހިމެނޭގޮތުން ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު