ރާއްޖޭގެ ދަރަނި މެނޭޖުކުރަން ލަފާދޭން އެމެރިކާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުން އެކަން ހަވާލުކުރީ އެމެރިކާގެ ސެންޓާވިއު ޕާޓްނާސްއާ އެވެ.

އޭގެ އިތުރު މައުލޫމާތެއް ރޮއިޓާސްއިން ހާމަކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅޭ ގޮތުން ސަރުކާރުން ވެސް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެފައިވާ އިރު މިފަހުން ދުނިޔޭގެ ކްރެޑިޓް ރޭޓިން އޭޖެންސީތައް ކަމަށްވާ މޫޑީސްއާއި ފިޗުން ވެސް ވަނީ ރޭޓިން ދަށްކޮށްފަ އެވެ.

އެގޮތުން މޫޑީސްއިން ރޭޓިން ދަށްކޮށްފައިވަނީ ސީއޭއޭ-1 އަށެވެ. އަދި ފިޗުން ދަށްކުރީ ސީސީ އަށެވެ.

އެހެން ނަމަވެސް ސަރުކާރުން ބުނީ ކްރެޑިޓް ރޭޓިންއަށް ބަދަލު ގެނައި ނަމަވެސް ބޭރުފައިސާ އިތުރުވެ ދަރަނި ދައްކައި ގޮންޖެހުންތައް ހައްލުކުރެވޭނެ ކަމަަށެވެ.

ރާއްޖެއިން އެންމެ ބޮޑަށް ދަރާފައިވަނީ އިންޑިއާ އަދި ޗައިނާ އަށެވެ.

ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 116 ޕަސެންޓަށް އަރައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން