ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު އަލުން އެ މަގާމަށް ހަމަޖައްސައިފި އެވެ.

މިނިސްޓަރުގެ ފެންވަރުގެ މަގާމުގައި ފިނޭންސް މިނިސްްޓަރަށް ލަފާދޭން ނަސީރު ފުރަތަމަ އައްޔަނުކުރީ މިދިޔަ ޑިސެމްބަރުގަ އެވެ.

ނަމަވެސް މިދިޔަ އޭޕްރީލް މަހު ކުއްލި ގޮތަކަށް ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކުރި އެވެ. ނަމަވެސް އޭގެ ސަބަބެއް ހާމައެއް ނުުކުރެއެވެ.

އެކަމަކު ރަސް އަށް މިހާރު ކަށަވަރުވެފައިވާގޮތުން ނަސީރު އަނެއްކާވެސް ވަނީ ފިނޭންސް މިނިސްޓްރީގައި ކުރިން ހުރި މަގާމަށް ބަދަލުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ނުލިބެ އެވެ.

ނަސީރުގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރައްވާފައި ވަނީ މާލީ ކަންކަމާ ގުޅޭ ވަޒީފާތަކުގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން