ރާއްޖޭގެ އިމާމުންނަށް އަރަބި ބަސް ކިޔެވުމަށް ކުވެއިތުން ފުރުސަތުތަކެއް ލިބިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު ޝަހީމް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިމާމުން، ކުވައިތުގައި އަރަބި ބަސް ކިޔަވަން ތިން މަސް ދުވަހުގެ ކުރު ކޯސްތަކެއް ފުރިހަމަކުރަން ފުރުސަތު ލިބިފައިވާ ކަމަށެވެ. އެގޮތުން އަހަރަކު ދެފަހަރު މިކޯސް ކުވެއިތުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.



ޝަހީމް ވިދާޅުވީ މިޕްރޮގްރާމަކީ ކުވައިތުގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.



25 ވަރަކަށް އިމާމުން ބައިވެރިކުރާ މިޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ޝަހީމް ހިއްސާކުރައްވާފައެއް ނުވެ އެވެ. 

އިސްލާމިކް މިސްޓްރީން ދަނީ ރާއްޖޭގެ އިމާމުންގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

މީގެ އިތުރުން ޝަހީމް ކުރެއްވި އިތުރު ޕޯސްޓެއްގައި ވަނީ ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ)އާ ގުޅިގެން މަތީ ސާނަވީއާއި ކޮލެޖް ޔުނިވަސިޓީތަކުގެ ޔޫނިއަންތަކުގެ ދަރިވަރުންނަށް އުމްރާ ދަތުރެއް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން