ރިސޯޓުތަކުގެ ވެރިން ނުރުހުނަސް ގައުމު ސަލާމަތްކުރަން ޓެކްސްތައް އިތުރުކުރަން ޖެހޭ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރަން ނިންމައި އެ އިސްލާހުގެ ބަހުސް މިހާރުވަނީ މަޖިލީހުގައި ފަށާފަ އެވެ. އޭގެ އިތުރުން ގްރީން ޓެކްސްވެސް މިހާރު ނަގަމުންދާ ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނަގަން ވަނީ ނިންމައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި ފަލާހު ވިދާޅުވީ ސަރުކާރުން ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނަގާ މިންވަރު އިތުރުކުރުމަކީ ރިސޯޓުތަކުގެ ވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެންމެ ހިތްގައިމު ނިންމުމަކަށް ނުވެދާނެ ކަމަށެވެ.
ރިސޯޓުތަކުގެ ވެރިންނަށް ފާޑު ވިދާޅުވެ ފަލާހު ވިދާޅުވީ މިހާރު ވެސް އެ ބޭފުޅުންނަށް ދައުލަތުން ގެރެންޓީ ދީގެން ލޯނުތައް ވެސް ކުޑަ ރޭޓެއްގައި ލިބޭ ކަމަށެވެ. އަދި އޭގެ ބޮޑު މަންފާއެއް ވެސް ހަމަ އެ ބޭފުޅުންނަށް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާމަށް ދައުލަތުން ގެރެންޓީ ދީގެން ބޮޑު ލޯނެއް ހޯދައިފައި ވެއެވެ.
"މި ރާއްޖެއަށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއަދު ކޮންމެހެން ވެސް ގައުމު ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހިފައިވާ ކަމެއް." ފަލާހު އިތުރަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު