ތިމާވެއްޓާއި ރަށްޓެހި ބައިސްކަލު ރާއްޖެއަށް ތައާރަފްކޮށް ބައިކް ޝެއަރިން ސްކީމެއް ފަށަން ނިންމައިފި އެވެ.
ބައިކް ޝެއަރިންގެ ސްކީމެއް ތައާރަފްކުރަން 2018އިގެ ކުރިން ވެސް ރާއްޖޭގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި އެވެ.
އެހެން ނަަމަވެސް އޭގެ އަމަލީ މަސައްކަތެއް ނުފެށެ އެވެ.
ނަމަވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވަނީ ބައިކް ޝެއަރިންގެ ސްކީމެއް ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ އެ ސްކީމް ފަށަން ތިމާވެއްޓާ ރައްޓެހި ބައިސްކަލު ތައާރަފްކުރާނީ އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެކަމަށްޓަކައި ހަދަން ޖެހޭ ދިރާސާގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށާއި އަދި ފައިސާވެސް ހަމަޖެހިފައިވާ ކަމަށެވެ.
އެ ބައިސްކަލުތަކަށް ސޯލާ ޗާޖިން ސްޓޭޝަންތަކެއް ވެސް ގާއިމުކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިނިސްޓަރު ވިދާޅުވީ ތިމާވެއްޓާއި ރައްޓެހި ބައިސްކަލު ތައާރަފްކުރުމުގެ ޕްރޮޖެކްޓްގެ ދަށުން 100 ބައިސްކަލު އެޗްޑީސީއާ ހަވާލުކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު