އެތައް ހާސް ރުފިޔާގެ ފޭކް ސްލިޕެއް ފޮނުވައިގެން ޑޮލަރު ގަތް މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ ޒައިދާން މުހައްމަދު ޙާޝިމް (27އަހަރު) އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ޒައިދާން ވަނީ މަކަރާއި ހީލަތުން 28،000 ރުފިޔާއަށް ވުރެ ގިނަ ފައިސާގެ ފޭކް ސްލިޕެއް ފޮނުވައިގެން ޑޮލަރު ގަނެފަ އެވެ.

އޭގެ ބައެއް ފައިސާ އަނބުރާ ހަވާލުކުރި ކަމަށާއި އަދި ޒައިދާންގެ އަނބިމީހާއާއި އާއިލާއިން ބާކީ ފައިސާ ދޭނެކަމަށް ބުނެފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

އެހެން ނަމަވެސް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުނެރެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން