ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިދިޔަ ނޮވެމްބަރު މަހު އިފްތިތާހުކުރި”މަގޭ ސޯލާ” ޕްރޮގްރާމްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަން ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެ ޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ހިންގުމަށް ރޭވިފައިވަނީ ސަރުކާރާއި، ޔުޓިލިޓީ ކުންފުނިތަކާއި އަދި ބޭރުގެ އެހީދޭ ފަރާތްތަކާއި ގުޅިގެންނެވެ.
އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މަގޭ ސޯލާ ޕްރޮގްރާމްގެ ދަށުން ތިން މެގަ ވޯޓުގެ އެއްބައި ސޯލާ ޕެނެލް ރާއްޖެ މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި އަނެއްބައި ޕެނަލްތައް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި މަަސައްކަތް މާ ލަސްތަކެއް ނުވެ އަޅުގަނޑުމެން ކުރަން ފައްޓާނަން. މިހާރުގެ ސްޓޭޖުން ދަންނަވާ ކަމަށް ވަންޏާމު މި ޕެނަލްތައް މާލެ ގެނެވި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަސްތެރޭގައި މެގާ ސޯލާގެ އަމަލީ މަސައްކަތް ފެށިގެން ދާނެ. އެކަމަށް ބޭނުންވާ ގަވައިދުތައް ވެސް މިހާރު މިވަނީ އަޅުގަނޑުމެން އެކަުލަވާލަން މި އަންނަަ ހަފްތާ ތެރޭގައި އެޕްލިކޭޝަންގެ ގަވައިދު ފެނަކައިން އިއުލާން ކުރެވިގެން ދާނެ." މިނިސްޓަރ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު