އަޖުމަ ބެލުމުގެ ގޮތުން ބަނދެފައިވާ ސޯލާ ފެރީ މި އަހަރު ރާއްޖެ ގެންނަން ނިންމާފައިވާ ކަން އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފި އެވެ.
އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާާހިމް ވިދާޅުވީ އަޖުމަ ބެލުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ސޯލާ ފެރީއެއްގެ މަސައްކަތް ފަށައިގެން އެ އުޅަނދު ބަނދެ ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި މި އަހަރު ނިމޭއިރު އެ ފެރީ ރާއްޖެ ގެނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް މި ދަނީ. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާމު ތިބޭފުޅުންނަށް ވެސް ދައުވަތު އަރުވާނަން އެއަށް ވަޑައިގަންނަވަން." ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.
ސޯލާ ހަކަތައާއި ބެޓެރީ ބޭނުންކޮށްގެން ދުއްވާ ކަޓަމަރާން ޕެސެންޖަރ ފެރީއެއް ބަނދެދޭނެ ފަރާތެއް ހޯދަން ނިމިގެން ދިޔަ ސަރުކާރުގައި 2022 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ވެސް އިއުލާންކުރި އެވެ. ނަމަވެެސް އެ މަޝްރޫއަށް ފަހުން ވީގޮތެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު